އެ ހަބަރު އެމީހުންގެ އެޖެންސީ އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ލީ ޖޭ ވޫކް އާއި ކަރީނާ ބައްދަލުވީ ޖެނުއަރީ މަހު މިލާނުގައި ބޭއްވި ބްރޭންޑް ފެޝަން ޝޯއެއްގަ އެވެ.
މިވަގުތު ލީ ޖޭ ވޫކް ދަނީ މި ހަފްތާގައި ރިލީޒްކުރި އޭނާގެ ކޭ ޑްރާމާ "ދަ އިމްޕޮސިބަލް ހެއާ" ގެ މަސައްކަތް ކުރަމުން ނެވެ. އަދި މެމޯރީސް އޮފް އަލްހަމްބްރާ، ޑަބްލިޔު ޑަބްލިޔުޑަ ބްލިޔު، ޑެތްސް ގޭމް އަދި އެހެނިހެން ފިލްމު ތަކުގައި ވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.
މީގެ އިތުރުން ކަރީނާ އަކީ ކޭ ޕޮޕް ގާލް ގްރޫޕް އެއެސްޕާގެ ލީޑަރެވެ.