ads
ސައުދީ ތެޔޮ ފެކްޓްރީއެއް
ސައުދީ ތެޔޮ އެކްސްޕޯޓް ދުވާލެއްގެ މައްޗަށް 10.6 މިލިއަން ފީފާ އަށް އަރަނީ
ސައުދީ އިން ތެޔޮ އެކްސްޕޯޓް ކުރާ ވަރު އިތުރުކުރަން ނިންމައިފިއެވެ.

ކޮވިޑް-19 އާއި އެކު ތެލުގެ ޑިމާންޑް ދަށަށް ދާން ފަށައިފަ ވީ ނަމަވެސް މޭ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް މިހާރު އެކްސްޕޯޓް ކުރާ 10 މިލިއަން ފީފާގެ ތެލުގެ އިތުރުން ހަ ލައްކަ ފީފާގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ސައުދީ އިން ވަނީ ނިންމާފައެވެ.   

އެގައުމުގެ އެނާޖީ މިނިސްޓްރީ ގެ އޮފިޝަލަކު މައުލޫމާތުދޭ ގޮތުން، އެކްސްޕޯޓް އިތުރުކުރެވިގެން މިދަނީ ޕެޓްރޯލް އަދި ޑިސަލް އަށް އޮތް ޑިމާންޑް ދައްވުމުން ޑޮމެސްޓިކް ޔޫސް އަށް ބޭނުން ކުރާ ގޭސް އުފެއްދުން އިތުރު ކޮށްގެން ކަމަށެވެ.

ޕެޓްރޯލަށް ކުރާ ޑިމާންޑް ދުނިޔޭގެ މާކެޓުގައި 20 އިންސައްތަ ދައްވެފައި ވާކަމަށް ކަމުގެ މާހިރުން އަންދާޒާ ކުރާއިރު ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ބްރެންޓް ކްރޫޑް އޮއިލް ގެ އަގު ވަނީ ފީފާ އަކަށް 26 ޑޮލަރަށް އަގު ވެއްޓިފައެވެ. އަދި ވެސްޓް ޓެކްސަސް އިންޓާމީޑިއޭޓް، އެމެރިކާގެ އަގުތައް، ވަނީ ފީފާ އަކަށް 20 ޑޮލަރުގެ އަގު ވެއްޓިފައެވެ. އަގު ކުޑަކޮށް އުފުލުނު ނަމަވެސް އަދިވެސް ފީފާއެއްގެ އަގު މިއުޅެނީ ކުރީގެ އަގަށް ވުރެ އަށް އިންސައްތަ ދައްކޮށެވެ.

ތެލުގެ އަގު ދައްވަމުން ދާތީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ލަޑިމާ ޕުޓިން ވަނީ މިކަމާ ގުޅޭގިތުން މަޝްވަރާ ކޮށްފައެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ތެޔޮގެ އަގު ބޮޑުތަނުން ވެއްޓެމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް "މަރުވެފައިވާ އިންޑަސްޓްރީ އެއް ބޭނުން ނޫން" ކަމަށް ވިދާޅުވެފައެވެ. އަދި ތެޔޮގެ އަގު ބޮޑު ކުރަން ޖެހެޔޭ ބުނަން ޖެހޭނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށާއި އެހެން ނަމަވެސް މިދަނޑިވަޅުގައި ތެލުގެ އަގު އުފުލަން އެބަ ޖެހޭކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެހެންނަމަވެސް ކަމުގެ މާހިރުން ވަނީ ސައުދީގެ ތެލުގެ އެކްސްޕޯޓް އިތުރުވުމާ އެކު ތެޔޮ އެކްސްޕޯޓް ކުރާ ބޮޑެތި ގައުމުތައް ކަމަށްވާ އެމެރިކާ، ރަޝިއާ އަދި ސައުދީގެ މެދުގައި ތެޔޮގެ އަގުތަކާމެދު އެއްބަސް ވުމަކަށް އާދެވޭނަކަމަށް ލަފާ ނުކުރެވޭ ކަމަށް ބުނެފައެވެ. އަދި މިހާރު ކަނޑައަޅާފައިވާ ޑިސްކައުންޓް ތަކުގެ އިތުރުން، ސައުދީ އިން ތެޔޮ އެކްސްޕޯޓް ކުރާ ވަރު އިތުރުވުމުން، ސައުދީ ތެލުގެ އަގު ވަރަށް ބޮޑަށް ލުއިވެގެން ދާނެ ކަމަށް އެބޭފުޅުން ލަފާކުރެއެވެ.

ސައުދީ އިން މިދަނޑިވަޅުގައި ތެޔޮ އެކްސްޕޯޓްކުރުން އިތުރުކޮށް އެގައުމުގެ ތެލުގެ ޑިމާންޑް އިތުރު ކުރުމަކީ ތެލުގެ މާކެޓުގައި އެންމެ ބޮޑު މާކެޓަށް ސައުދީ ވުމަށް އަޅާ ވަރަށް މޮޅު ފިޔަވަޅެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް