ads
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދް--
ވިލާ ކުންފުންޏާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މެމްބަރު ނިހާދު ގޮވާލައިފި
ވިލާ ކުންފުންޏާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދް ގޮވާލައްވައިފި އެވެ.
Advertisement

ކޮވިޑް19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު ނިހާދް ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކަށް އަދި އެޗްޕީއޭއިން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރާކަމަށެވެ. ފަރުދީޒިންމާ އަދާކުރުން މުހިންމު ކަމަށާއި، އަންގޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ. ފަރުދީ ޒިންމާ އަދާ ނުކޮށްފި ނަމަ އެހެން ގައުމުތަކުން ތަހައްމަލުކުރާ ދަތި އުނދަގޫ ރާއްޖެއިން ތަހައްމަލު ކުރަންޖެހިދާނެ ކަމަށް ނިހާދު ވިދާޅުވި އެވެ. 

އިގްތިސާދީ ދަތިހާލުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކުރަމުން އަންނަނީ ރައްޔިތުން ބިކަވިޔަ ނުދިނުމަށްކަން ނިހާދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާތައް އަވަހަށް އެފަރާތްތަކަށް ދޫކުރެވޭނެ ގޮތް ހެދުން މުހިންމު ކަމަށާއި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާވެސް އަވަހަށް ލިބޭނޭގޮތް ހެދުން މުހިންމު ކަމަށެވެ. 

"އިއްޒަތްތެރި ރައީސް ބައްލަވާ. ވިލާ ކުންފުނީގެ ތިން ރަށް އޮވޭ މަސްވެރިކަން ކުރާ. އެހެން ނަމަވެސް މިއަދުވެސް އެންމެ ފުރަތަމައިނުން މުސާރަ ނުދޭނަމޭ ކިޔައިގެން އިއުލާނު ކުރީ ވިލާ ކުންފުނިން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިފަދަ ފަރާތްތަކާއި ދޭތެރޭގަ ހަރުކަށި ފިޔަވަޅު އަޅާ، ރައްޔިތުންނާއި ދޭތެރޭގަ އިހާނެތިކޮށް ކަންތައްތައް ކުރާ ފަރާތްތަކުގެ މި ދެންނެވި މަސައްކަތް ނުކުރާ ރަށްތައްވެސް އަނބުރާ ނަގަންޖެހެއޭ."

ނިހާދް ވިދާޅުވީ ހަ މަސްދުވަހު ރިސޯޓް ހިންގުމަށްފަހު އިތުރު ހަ މަސްދުވަހަށް މަރާމާތަށް ރިސޯޓް ބަންދުކޮށް މުވައްޒަފުންނަށް ބަރާބަރަށް މުސާރަދީގެން މީގެ ކުރިން ރިސޯޓްތައް ހިންގާފައިވާކަމަށެވެ. އެހެން ނަމަވެސް މިހާލަތުގައި އެއްމަސްދުވަހަށް ވެސް މުވައްޒަފުންނަށް މުސާރަ ނުދެވި މުވައްޒަފުން މަގުމަތިކުރުމަކީ ދެރަކަމެއްކަމަށް ވިދާޅުވު އެވެ. 

އަދި މަސައްކަތްތެރިންގެ ޕެކްޝަނުން އެމީހުނަށް އެހިވެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ނިހާދު ވިދާޅުވި އެވެ. 

84%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް