ads
ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވެއްޖެ
ށ. އަތޮޅު ދިގުވެލިދޫގައި އެއަރޕޯޓް އަޅަން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާނެ ކަމަށާއި، މަތިކޮަމަންޑޫ އާއި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮމަންޑޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާތާ އެތައް އަހަރެއްވެފައި ވީނަމަވެސް ރައްޔިތުން އެދޭފެންވަރުގައި އެރަށަށް ތަރައްޤީ ލިބެމުން ނުދާކަން ފާހަގަކުރެއްވި އެވެ. 

އެގޮތުން ރަށުގެ ބިން ފުރިފައިވުމާއެކު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު އަންނަންޖެހޭކަމަށާއި، ބަންދަރާ ގުޅިފައިވާ އެކި މަސައްކަތްތަކާއި، ފެނާއިނަރުދަމާ މަޝްރޫޢުގައި ހައްލުކުރަން ހުރި ކަންކަމާއި އަދި މި ނޫންވެސް އެރަށުގެ ތަރައްގީއަށް ކުރިއަށްދާ އަދި ކުރަންހުރި މަސައްކަތްތައް ފާހަގަކުރައްވައި ރައީސްވަނީ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި އެ މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

މީގެ އިތުރުން މަތިކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުވެސް މި ސަރުކާރުން ކުރިއަށްގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ރައްޔިތުން އެމަޝްރޫއަށް ބަދަލުތަކެއް ގެންނަން އެދޭނަމަ އެބަދަލުތަކަކާވެސް އެކުގައިކަން ރައީސް ފާހަގަކުރެއްވި އެވެ.

"މިރަށަކީ ވަރަށް ބޮޑަށް ބައިބޯވެފައި އޮތް ރަށެއް، ވަރަށް ބިން ކުޑަ، ތޮއްޖެހިފައި އޮންނަ ރަށެއް، ގިނަ އަހަރުތަކެއް ވެއްޖެ އެކިކަަހަލަ މަޝްރޫއުތައް ހިންގާތާ، އެހެން ނަމަވެސް އެކަށީގެންވާ ގޮތެއްގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފެންވަރުގައި ތަރައްގީ އެއް ހާސިލެއް ނުކުރެވޭ، ދާއިމީ ހައްލުތަކެއް ނާދޭ،". ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ ވައުދަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭން ތެރޭގައި އެ މަނިކުފާނު ވެވަޑައިގަތް ވައުދެކެވެ.

your imageކޮމަންޑޫ އާއި މަތިކޮމަންޑޫ ބްރިޖަކުން ގުޅުވާލާގޮތުގެ ކުރެހުން -

ކޮމަންޑޫއާއި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްގެން އޭގެ އަމަލީ މަސައްކަތް 2022ވަނަ އަހަރު ފެށި ނަމަވެސް، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

ކޮމަންޑޫ ކައިރީގައި އޮންނަ މައިރަށް، މެދުރަށް އަދި ދިގުރަށަކީ އެއީ އެއްރަށެއްގެ ގޮތުގައިބަލައި، އެ ތަނުގައި އެއާޕޯޓެއް އެޅުމަށް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި އެވެ.

ރައީސް ވިދާޅުވީ، މިރަށުގެ ތަރައްގީއަށް ފެށިފައި ހުރި ގިނަ މަސައްކަތްތަކެއް އެބަ ހުރި ކަމަށެވެ. އަދި ކުރަން ޖެހިފައި ހުރި މުހިންމު ކަންތައްތައްވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ދެއްވާ ޔަގީން ކަމަކީ ރައްޔިތުން ބޭނުންވަލައްވާ ގޮތަކަށް އެ މަޝްރޫއުތައް ގެންގޮސް، ރައްޔިތުން ބޭނުންވާ ގޮތަށް މި ރަށުގެ ތަރައްްގީގެ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް