މުބާރާތުގައި ފުރަތަމަ ފަހަރަށް މަތިވެރިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ، ރޭ ފ. ބިލެއްދޫ ބަލިކޮށްގެނެވެ. ބިލެއްދޫއާ މަތިވެރި ކުޅުނު މެޗުން މަތިވެތި މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުގެ ނުވަވަނަ މިނެޓުގައި މަތިވެރިއަށް ލީޑު ނަގާދިނީ އަހުމަދު ފިރާޝް ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މަތިވެރީގެ ލީޑު ފުޅާކޮށްދިނީ އަހުމަދު ފިޒާން ޖެހި ގޯލުންނެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ޖާގަ އެއް މަތިވެރިން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މަތިވެރިން އެންމެ ދުރަށް ދިޔައީ ގަދަ 16 އަށެވެ. މި މުބާރާތުގެ ކުއާޓާގައި މަތިވެރިން ނުކުންނާނީ ލ. ގަމާއި ދެކޮޅަށެވެ.