ads
މިލަދޫ
މިލަދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަނީ
މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތިޙްނާން އިވެސްޓްމަންޓް އާއެވެ. ނ.މިލަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމަށް ތިޙްނާން އިވެސްޓްމަންޓް އާއި ހަވާލުކުރީ 1،880،511.32 (އެއްމިލިއަން އަށްލައްކަ އަށްޑިހަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ބާރަ ލާރި) އަށެވެ.

މި މަސައްކަތް ތިޙްނާން އިވެސްޓްމަންޓް އާ ހަވާލުކޮށްފައިވަނީ 59 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި 59 ދުވަހުގެ އިތުރުން މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް 14 ދުވަސް ތިޙްނާން އިވެސްޓްމަންޓަށް އިތުރަށް ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް