ads
ޕެރިސް
ޕެރިސް އޮލިމްޕިކްސް ސެކިއުރިޓީ ޕްލޭން "ގެއްލިއްޖެ"
ޕެރިސް އޮލިމްޕިކްސް ސެކިއުރިޓީ ޕްލޭންތައް ގެއްލިއްޖެއެވެ.

ޕެރިސް އޮލިމްޕިކްސް ސެކިއުރިޓީ ޕްލޭންތައް ގެއްލުނީ، އެ މައުލޫމާތު ހިމެނޭ ލެޕްޓޮޕަކާ، ދެ ޕެން ޑްރައިވްއާ އެކު އޮތް ދަބަހެއް ގެއްލުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ދަބަސް ގެއްލުނީ ރޭލެއްގެ ތެރެއިންނެވެ. އެ ދަބަހަކީ ޕެރިސް ސިޓީ ހޯލުގެ އިންޖިނިއަރެއްގެ ދަބަހެވެ. ދަބަސް ގެއްލުނީ އެ އިންޖިނިއަނިއަރުގެ ގޮނޑީގެ މަތީގައި ހުރި ލަގެޖް ކޮމްޕާޓްމަންޓުގައި ބަހައްޓާފައި ހުއްޓާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެރިސް އޮލިމްޕިކް ގޭމްސްގެ ފުލުހުންގެ ސެކިއުރިޓީ ޕްލޭންތައް ހިމެނޭ ކޮމްޕިއުޓަރަކާއި ދެ ޔޫއެސްބީ މެމޮރީ ސްޓިކް ހިމެނޭ ދަބަހެއް ހރޭލަކުން ވަގަށް ނަގާފައިވާކަން ރިޕޯޓްކޮށްފައިވާކަން ފުލުހުންވެސް ކަށަވަރުކޮށްދެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިންޖިނިއަރުގެ ވޯކް ކޮމްޕިއުޓަރާއި ދެ ޔޫއެސްބީ ސްޓިކްގައި ނާޒުކު ޑޭޓާ އެބަހުއްޓެވެ. އޭގެ ތެރޭގައި ހާއްސަކޮށް އޮލިމްޕިކްސް ރައްކާތެރި ކުރުމަށް މުނިސިޕަލް ޕޮލިހުން ރާވާފައިވާ ކަންކަން ހިމެނެއެވެ.

ޕެރިސް އޮލިމްޕިކްސް ފެށޭނީ ޖުލައި މަހުއެވެ. މި ގޭމްސްގެ ސިކިއުރިޓީ ކަންތަކުގައި އަބަދުވެސް 35000 އަށްވުރެ ގިނަ ސަލާމާތީ ބާރުތަކުގެ އޮފިސަރުން ހަރަކާތްތެރިވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް