ads
ރޯދަ މަހު ފަހު ދިހައެއްގައި އެމްއެމްއޭއިން ހިދުމަތް ދޭނީ 4 ދުވަހު
މިއަހަރުގެ ރޯދަމަހު ފަހު ދިހައެއްގައި އެމްއެމްއޭގެ ހިދުމަތް ދޭނީ 4 ދުވަހެއްގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފި އެވެ.

އެމްއެމްއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ، ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަނދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، އާންމުންނާއި ބޭންކުތަކަށް ހިދުމަތް ދިނުމަށް އެމްއެމްއޭ 4 ދުވަހެއްގައި ހިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ދުވަސްތަކުގައި ހިދުމަތް ދޭނީ، ރޯދަ މަހުގެ އެހެން ދުވަސްތަކުގައިވެސް ހިދުމަތް ދޭ ގަޑި ކަމަށްވާ ހެނދުނު 9:00 އިން މެނދުރުފަހު 1:00 އަށެވެ.

ފަހު 10 އެއްގައި ހިދުމަތް ދޭނީ

  • 31 މާރިޗު 2024
  • 1 އެޕްރީލް 2024
  • 7 އެޕްރީލް 2024
  • 8 އެޕްރީލް 2024

އެމްއެމްއޭއިން ރޯދަ މަހުގެ ފަހު 10 ގައި މި ދުވަސްތަކުގައި ހިދުމަތް ދިން ނަމަވެސް، ރޯދަ މަހުގެ 2 އިން 19 ވަނަ ދުވަހާއި ހަމައަށް އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ހިދުމަތް ދޭނީ ހެނދުނު 9:00 އިން 1:00 އަށެވެ.

މި ދުވަސްތަކުގައި ފައިސާ ބަލައިގަތުމާއި އަދި ދޫކުރުމުގެ ޚިދުމަތް ދޭނީ، ހެނދުނު 9:30 އިން ފެށިގެން 12:00 އަށެވެ. އަދި އެދުވަސްތަކުގައިވެސް ބޭންކިން ޚިދުމަތް ދޭނީ މިހާރެކޭ އެއްގޮތަށް އެޕއޮިންޓްމެންޓް އުސޫލުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ރޯދަ މަހަކީ އޮފީސް ވަގުތުތަކަށްވެސް ބަދަލު އަންނަ މަހެކެވެ. އެގޮތުން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސް އޮފީހުން އަދި އިއުލާންނުކުރި ނަމަވެސް މިއަހަރުގެ ރޯދަމަހުވެސް އޮފީސްތަކުގެ ވަގުތު އޮންނާނީ ކުރިންވެސް އޮންނަގޮތައް ހެނދުނު 09:00 އަކުން މެންދުރުފަހު 13:00 އަށްކަމަށް މައުލޫމާތުލިބެއެވެ.

މި ރޯދަ މަހު ފަހުދިހައެއް އޮފީސްތައް ބަންދުވާނެ އެވެ. މިއީ ރައީސްގެ ރިޔާސީ ވައުދުފުޅެއްވެސްމެއެވެ. ރޯދަ މަހުގެ ފަހު 10 އެއް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން އިއުލާންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗު 11 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް