ads
ގއ. ވިލިނގިލީގެ އޮޑި ހަރުގެއެއްގައި ރޭ ރޯވެ އަނދަނީ
ވިލިނގިލީގައި ބަންނަމުން ދިޔަ ސަފާރީއެއްގައި "ރޯވެ" އަނދައިފި
ގއ. ވިލިނގިލީގައި ސަފާރީއެއް ބަންނަން ހަދާފައި ހުރި ހަރުގެއެއްގައި ރޭ އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ އެ ރަށު އުތުރުފަރާތު މީހުން ނޫޅޭ ސަރަހައްދު ގައި ހުރި ބޮޑު ހަރުގެއެއް ގައެވެ. އެއީ ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ އެކެވެ.

އެމްއެންޑީއެފުން ބުނީ ހަރުގޭގެ ފުރާޅު ވެއްޓި އަލިފާނުގެ ބޮޑުބައި ނިވިފައިވާ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި ހަރުގޭގައި ވަނީ އަލިފާން ހިފައިފަ އެވެ. 

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ސަފާރީގެ އިތުރުން އެ ސަފާރީ އޮތް ހަރުގެ ވެސް ވަނީ އަނދައިފަ އެވެ.

ފުލުހުން ބުނީ ސަފާރީ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރުމަށް މިއަދު ފޮރެންސިކް ފުލުހުންގެ ޓީމެއް އެރަށަށް ދާނެ ކަމަށެވެ.

މި ހާދިސާގައި ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް މިހާތަނަށް އެނގިފައެއްނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް