ads
ކަސެމިރޯ
ކަސެމީރޯ ފަހު މިނިޓުގައި ޖެހި ލަނޑުން ޔުނައިޓެޑު ކުއާޓާއަށް
އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޔުނައިޓެޑް ކުއާޓާ އިން ޖާގަ ހޯދީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން މޮޅުވެގެންނެވެ. މެޗުގެ 89 ވަނަ މިނިޓުގައި ޔުނައިޓަޑަށް ލަޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. މިއީ ޔުނައިޓަޑް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު 48 ވަނަ ފަހަރެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ލިވަޕޫލްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް