ads
ރޮނާލްޑޯ
ހަޑި ވައްތަރު ޖެއްސި މައްސަލަައިގައި ރޮނާލްޑޯ ސަސްޕެންޑް
ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު އަދަބާ ހިލާފު އަމަލުތަކުގެ މައްސަލަ ބެލުމަށް ފަހު އެއް މެޗަށް ރޮނާލްޑޯ ސަސްޕެންޑްކޮށްފިއެވެ.

ސައުދީ ޕްރޯ ލީގުގެ ފޯރިގަދަ މެޗެއްގައި ހުކުރު ދުވަހު އަލް ޝަބާބު އަތުން 3-2 އިން އަލް ނަސްރު މޮޅުވި މެޗު ނިމުމުން ކްރިސްޓިއާނޯ ރޮނާލްޑޯއަށްވަނީ ދަނޑުގައި ތިބި ސަޕޯޓަރުންނާ ދިމާލަށް ހަޑި ވައްތަރުތަކެއް ޖައްސާފައެވެ. މިކަން ހިނގަން މެދުވެރިވީ އަލްޝަބާބުގެ ސަޕޯޓަރުން މެސީގެ ނަމުން މުޅި ދަނޑު ގުގުމާލުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓިން ބެލުމަށް ފަހު ނިންމީ އެއް މެޗުގެ ސަސްޕެންޝަނުގެ އަދަބަކާއެކު 10،000 ރިޔާލުގެ ޖޫރިމަނާއެކެވެ.

ހަޑި ވައްތަރުތައް ޖައްސާ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އުމުރުން 39 އަހަރުގެ ރޮނާލްޑޯއަށް މީގެ ކުރިންވެސް މިފަދަ ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ލީގުގައި އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗު ނިމުމުންވެސް މިފަދަ އަމަލުތަކެއް ރޮނާލްޑޯގެ ފަރާތުން ފެނިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް