މިއަދު އެކްސް ގައި އެމްޑީޕީން ވަނީ ފެލިދޫ ދާއިރާ އަށް ނިސްބަތްވާ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަލީ ޒާހިރު އަށް ތާއީދުކޮށް ވޯޓު ދިނުމަށް އެދިފައެވެ.
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް އަލީ ޒާހިރު ވަނީ ކުރައްވާފަ އެވެ.
ފެލިދޫ ދާއިރާއަށް ވާދަ ކުރާ ކެނޑިޑޭޓުން
ފެލިދޫ ދާއިރާ އަކީ ރާއްޖޭގައި އާބާދީ އެންމެ މަދު ރަށްތައް ހިމެނޭ ދާއިރާ އެވެ. އެގޮތުން މިދާއިރާގައި ހިމެނެނީ ވ. ފެލިދޫ, ވ. ފުލިދޫ އަދި ވ. ތިނަދޫ އެވެ.