ads
ބާރަށު ކާނިގަހުގައި ރޯކޮށްލި މީހުން ހައްޔަރުކުރަން ގޮވާލައިފި
ބާރަށު ކާނިގަހުގައި ރޯކޮށްލި މީހުން ހައްޔަރުކުރަން ނޭޝިނަލް ސެންޓާރް ފޯ ކަލްޗާ ހެރިޓޭޖް އިން ބުނެފި އެވެ.
Advertisement

ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން އޭގެ ރިޔާ ފެއްސެވުމަށް ޖެއްސެވި ކަޑައިން ހއ. ބާރަށުގައި ހެދި ބޮޑުވި ކަމަށް ބުނާ، 400 އަށް ވުރެ ގިނަ އަހަރުވީ ކާނި ގަސް ރޭގެ ވަގުތެއްގައި ބަޔަކު ރޯކޮށްލުން ކުށްވެރި ކުރާކަމަށް އެ ސެންޓަރުން ބުނެ އެވެ. 

އެ ސެންޓަރުން ނެރުން ނޫސް ބަޔާނުގައިވާ ގޮތުން އެ މައްސަލަ އެ މަރުކަޒުގެ ސަމާލުކަމަށް އައި ވަގުތުން ފެށިގެން ބާރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން ގަހުގައި ހުޅުޖެހި ފަރާތްތައް ހޯދަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ވުޒާރާއިން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.  

އެ މައްސަލަ އެ މަރުކަޒުން ބެލުމަށްފަހު މި މައްސަލައިގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް މަރުކަޒުން ބުންޏެވެ.

މީގެއިތުރުން، ދިވެހިންގެ ތާރީހާއި ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަމާނާތެއްކަން ފާހަގަކޮށް އެ މަރުކަޒުންވަނީ، ތަރިކައާއި ތާރީހު ރައްކާތެރިކުރުމުގައި ކަމާގުޅޭ އިދާރާތަކާއި ފަރުދުން އެ މަރުކަޒަށް އެއްބާރުލުން ދިނުމަށް އެދިފައެވެ.

your imageނޫސް ބަޔާން 

ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި ހުންނަ މި ކާނިގަހުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރެވެ.   

ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ގަަހަށް މިހާރު 400 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. 

ބާރަށު ކައުންސިލުން ބުނިގޮތުގައި އެ ބިޔަ ކާނި ގަހުގައި ރޯކޮށްލާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ހުޅު ޖެހުމުގެ ސަބަބުން އެ ގަސް ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފަ އެވެ.

މިއީ ކީއްވެ, ކޮން ބައެއް ކުރި ކަމެއްކަން އަދި ސާފުނުވާއިރު މި މައްސަލައިގައި އަދި ބަޔަކު ހައްޔަރުކޮށްފައެއް ވެސް ނުވާ ކަމަށް އިއްޔެ ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް