ads
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު
އިންތިހާބު ލަސްކުރާ ބިލް ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް: މުއިއްޒު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް "ލާޒިމުކަމެއް" ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ޖެހޭ ގޮތަށް ފާސް ކުރި ބިލު ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް ފާސްކުރީ އިއްޔެ އެވެ. އެހެންވެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަން ލާޒިމުވާނެ އެވެ. 

ނަމަވެސް ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އިޝާރާތް ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ދެވަނަ ފަހަރަށް ފާސްކުރިއިރު ޖުމްލަ މެމްބަރުންގެ އަދަދުގެ ގޮތުގައި ބަލާފައިވަނީ 80 ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުގެ އެކަމުގައި ބަންޑާރަނައިބުގެ ގާނޫނީ ލަފައަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ އެ ވާހަކަފުޅާ ގުޅިގެން ގާނޫނީ ވަކީލު މުއިއްޒު މިއަދު "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "‏ބިލު ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އުސޫލުން މެންބަރުންގެ އަދަދު ގުނުމުން ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން. މި ބިލް ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް" ކަމަށެވެ.

ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތައް ގާނޫނު އަސާސީއާ ހިލާފުތޯ ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭން ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ މިއަދު ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް