ads
މިދިޔަ މަހު ރަސްމީ ރިޒާވް ވަނީ ދަށަށް ގޮސްފއި
ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ ޖެނުއަރީ މަހު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ދަށަށް ގޮސްފައި ކަމުގަ އެވެ.

މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޒާވްގައި ހުރި ވަރަށްވުރެ ވެސް ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި 790 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން މިދިޔަ މަހުގެ ރަސްމީ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރިޒާވްގައި ހުރި މިންވަރަށްވުރެ 30 އިންސައްތަ ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 588.6 ޑޮލަރެވެ. އެހެންކަމުން އެ އަދަދާ އަޅާބަލާއިރު މިދިޔަ މަހުގެ ރިޒާވް ވަނީ ހަ ޕަސަންޓް ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް