އިޓާލިއަން ލީގުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުވެންޓަސްއާ އުދިނޭޒީ ކުޅުނު މެޗަށް ފަހު ހެދި ރެންޑަމް ޑޯޕިން ޓެސްޓްތަކުން ޕޮގްބާ ފެއިލްވުމާއެކު އޭނާ ހުރީ ސަސްޕެންޑްކޮށްފައެޗެ. އަދި އޭގެ ފަހުން އިތުރު ޑޯޕިން ޓެސްޓްތަކެއް ހެދިއިރުވެސް މަނާ ބޭހަކަށް ޕޮޒިޓިވްވުމާއެކު އެ މައްސަލަ ބެލުމަށް ފަހު ހަތަރު އަހަރުގެ ސަސްޕެންޝަން އަދަބެއް ޕޮގްބާއެއް ދިނީއެވެ.
އިޓަލީގެ ނެޝަނަލް އެންޓި ޑޯޕިން އޮގަނައިޒޭޝަނުން ދިން މި އަދަބު ޕޮގްބާއަށް އެޕީލް ކުރެވޭނެއެވެ.
ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނުއިރު، އުމުރުން 30 އަހަރުގެ ޕޮގްބާ ހުރީ 2026 ވަނަ އަހަރުގެ ނިޔަލަށް ޔުވެންޓަސްގެ ކޮންޓްރެކްޓްގައެވެ.