ads
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މަޖިލީހުގައި %33 އަންހެނުންނަށް ތަމްސީލުކުރެވޭނެ އިސްލާހެއް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
Advertisement

ރޮޒޭނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

އެގޮތުން އެ މާއްދާގެ (ހ) ގެ ދަށުން 33 ޕަސަންޓު ހާއްސަ ކުރަންވާނީ އަންހެނުންނަށް ކަމަށާއި، އެ މާއްދާގެ (ނ) އިން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށެވެ.

މަޖިލިސް އިންތިހާބުގައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާ ކަނޑައަޅާނީ 71 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ދާއިރާތައް ހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް ކަމަށާއި، އަދި އެ އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އެ މާއްދާގެ (ހ). ގެ ދަށުން ކަނޑައަޅާ އެންމެހާ ދާއިރާތައް އެ މާއްދާގެ ނ. ގައި ބަޔާންކުރާ ކޯޓާގެ ދަށުން ތަމްސީލުވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިހާބު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ރޮޒައިނާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކުރައްވާފައިގޮތުން މަޖިލީހުގެ %33 ހާއްސަ ކުރަން ޖެހޭނީ އަންހެނުންނަށެވެ. އަދި އަންހެން މެންބަރުން އިންތިހާބުކުރާ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި އެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަކަށް ކަމަށެވެ.

ހުރިހާ ދާއިރާއެއްގައި އަންހެނުން ތަމްސީލުވެ ނިމުމުން ދެން އިންތިހާބު ކުރާނެ ގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެ ތަސްދީގު ކުރެއްވުމުން އެ އިސްލާހާ އެއްގޮތަށް މަޖިލިސް އިންތިހާބު ބާއްވަން ފަށާނީ 2029 އިން ފެށިގެން ކަމަށެވެ. އެއީ 21 ވަނަ މަޖިލީހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް