ބްރަޔަން މުލްރޯނީ އަންހެން ދަރިފުޅު ކެރޮލީން މުލްރޯނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ބުރާސްފަތި ދުވަހު އޭނާގެ ބައްޕަ އަވަހާރަވީ ވަށައިގެން އާއިލާ ތިއްބާ ކަމަށެވެ. އަދި އެކަމުން އާއިލާއަށް ހިތާމަވެރިކަން ގެނުވާފައިވާ ކަމަށް ބުންޏެވެ.
ސީބީސީ ނިއުސް އިން ރިޕޯޓްކުރާގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މުލްރޯނީގެ ހިތުގެ އޮޕަރޭޝަނެއް ކުރިއެެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދެވި ކަމަށް ވެއެވެ.
މުލްރޯނީ ކެނަޑާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވީ 1983 ވަނަ އަހަރު އެވެ. އަދި އޭނާ ވަނީ 1984 ވަނަ އަހަރު ލިބަރަލްސް އޮފް ޕިއެރޭ ޓްރޫޑޯގެ ޕާޓީގެ މައްޗަށް ކުރި ހޯއްދަވައި އެ ގައުމުގެ ޕްރޮގްރެސިވް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ ގޮތުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފައެވެ.