ރާއްޖޭގައި އީދު ނަމާދުކުރަމުން އަންނަނީ ހެނދުނު 07:30 ގައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އީދު ނަމާދު ކުރާ ގަޑި އަވަސްކުރަން މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ.
ރާއްޖޭގައި 07:30 ގައި އީދު ނަމާދުކުރި ނަމަވެސް އިސްލާމީ ގިނަ ގައުމުތަކުގައި އީދު ނަމާދުކުރަނީ އިރުއަރާތާ އިރުކޮޅެއް ފަހުންނެވެ. މައްކާ މަދީނާގައިވެސް އީދު ނަމާދުކުރަމުން އަންނަނީ އެގޮތަށެވެ.