ads
ޔަމަހާ މޮޓޯ ވީކެންޑް: އެލިއާއިން ކުރިއަށް ގެންދާ މި ހަރަކާތުގައި ސައިކަލު ސާވިސް ކުރުމާއި ސައިކަލުތަކުގެ އަޖުމަ ބަލާލެވޭނެ - ފޮޓޯ:އެލިއާ
ރޯދަ ޕްރޮމޯޝަން ފެށުމަށް ޔަމަހާގެ ސައިކަލު އިވެންޓެއް ފަށައިފި
ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓާ، އެލިއާއިން ގިނަ މޮޑެލްތަކުގެ ސައިކަލުތަކަކާއެކު މާލެ ރާޅުގަނޑު ސަރަހައްދުގައި ސައިކަލު އިވެންޓެއް ފަށައިފި އެވެ.

ޔަމަހާ އެންމެ ފަހުގެ ސައިކަލުތައް ދައްކާލައި، އެ ސައިކަލުތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ މި އިވެންޓު އޮންނާނީ މިއަދު ހަވީރު 16:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

މި އިވެންޓުގައި ފެށޭ ޔަމަހާ ރޯދަ ހަދިޔާ ޕްރޮމޯޝަން ކުރިއަށްދާނީ:  

  • 14 އޭޕްރިލް ގެ ނިޔަލަށް 
  • ޕްރޮމޯޝަންގެ މުއްދަތުގައި ޔަމަހާގެ އައުޓްބޯޑު އިންޖީނު އަދި ޔަމަހާ ސައިކަލު ގަންނަ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ

މި އިވެންޓާ އެކު ފެށި ޔަމަހާގެ ރޯދަ ޕްރޮމޯޝަނުގައި ޔަމަހާގެ އައުޓްބޯޑު އިންޖީނާއި ޔަމަހާ ސައިކަލު ގަންނަ ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އަދި އިންސްޓޯލްމަންޓަށް ސައިކަލު ގަންނަ ކަސްޓަމަރުންނަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ވެސް ކުޑަ ވާނެ އެވެ.

އެލިއާގެ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާގެ ކޮންސެޕްޓެއް ކަމުގައިވާ ބައިއުއްތަގްސީތުގެ ދަށުން، ކުރިއަށް ގެންދާ ސްކީމެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ. މީގެ އިތުރުން އިންސްޓޯލްމަންޓުގެ މުއްދަތު 36 މަހާއި ހަމައަށް ބަހާލުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެ އެވެ. 

އެލިއާ އަކީ ޔަމަހާގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ޔަމަހާގެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު 9579797 އިން ލިބޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް