ads
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރި ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ - ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މުނިހޯމް ކެއާ އިން ބިނާ ކުރި ދާއިމީ މިސްކިތް ހުޅުވަނީ
އިމާރާތް ކުރުމުގެ ސާމާނާއި ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ އެންމެ އެންމެ މަޝްހޫރު އެ ކުންފުނި މުނިހޯމް ކެއާ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި - ހިޔާ އަވަށުގައި ތަރައްގީކުރަމުން އަންނަ ދާއިމީ މިސްކިތުގެ މަސައްކަތް ނިންމާ އަންނަ ހަފްތާގައި ހުޅުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރާ 5 މިސްކިތުގެ ތެރެއިން މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރީތިކޮށް ކިޔަވާ އިލްމީ ފަރާތްތައްކަމަށާއި ހާއްސަކޮށް ހާފިޒުންނަށް އިސްކަންދެވޭނެކަމަށެވެ. އަދި މިއަހަރުގެ ރޯދަ މަހު ފޭސް 2 ގައި ހުޅުވާ ދާއިމީ މިސްކިތުގައި ތަރާވީހު ނަމާދާއި ދަމު ނަމާދުވެސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު ބިނާ ކުރަމުންދާ މިސްކިތްތަކުގެ އިތުރަށް ދާއިމީ އިތުރު މިސްކިތެއް އެޅުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

"މި ރޯދަމަހަށް ނުނިމި ހުރި ތަންތަން ދެން އަންނަ ރޯދަމަހެއްގެ ކުރިން ނިންމާނަން. މިސްކިތްތަކުގެ ވަރަށް ބޮޑެތި މަޝްރޫޢުތައް ކުރިއަށް އެބަދޭ. ދަތިތަކާއެކުވެސް ކުންފުނިތަކުން އެ މަސައްކަތްތައް ކުރަމުން އެބަގެންދޭ." އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

މި މިސްކިތުގެ ދެވަނަ ފިޔަވަހީގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތެއް ބިނާ ކޮށްފައިވަނީ 2021 ވަނަ އަހަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް