މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމުން ފުޓްބޯޅައިން ހަތަރު އަހަރަށް ސަސްޕެންޑްކުރަން ނިންމި ނިންމުމާއެކު ބޮޑު ހައިރާކަން ކަމެއް ލިބުނު ކަމަށް ޕޮގްބާވަނީ ބުނެފައެވެ. އޭނާ ބުނީ އެ ނިންމުން ގަބޫލް ނުކުރެވޭނެ ކަމަށާއި އެ ނިންމުން އެޕީލް ކުރާނެ ކަމަށެވެ.
އިޓަލީގެ އެންޓީ ޑޯޕިން އެޖެންސީން އޭނާ މަނާ ބޭސް ބޭނުންކުރި މައްސަލަ ބެލުމަށްފަހު މައްސަލަ ސާބިތުވާ ކަމަށް ނިންމައި ހަތަރު އަހަރަށް ސަސްޕެންޑްކުރިއިރު، މިދިޔަ ސެޕްޓެމްބަރުން ފެށިގެން މައްސަލައިގެ ތަހުގީގަށް ޕޮގްބާ ހުރީ ސަސްޕެންޑްކޮށްފައެވެ.
އުމުރުން 30 އަހަރުގެ ޕޮގްބާގެ ސަސްޕެންޝަނާ ގުޅިގެން މިހާތަނަށް އޭނާގެ މިހާރުގެ ކްލަބު ޔުވެންޓަސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.