
ޒިދާން
ޒިދާން އަލުން އެނބުރި ކޯޗިންނަށް
ސްޕޯޓްސް ޓީމް
01 މާރޗް 2024 - 21:57:40
މި ފަހުގެ ތާރީހުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ޒައިނުއްދީން ޒިދާން، އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ޝައުގުވެރިވާކަން ބައެއް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިދާން، 2021 ވަނަ އަހަރުގެ މެއި މަހު، ރެއާލްގެ ކޯޗުކަން ދެ ވަނަ ފަހަރަށް ދޫކޮށްލުމަށް ފަހު، އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ރިއާލްގެ ކޯޗުކަން ދޫކޮށްލި ފަހުން ބައެއް އޮފާތައް ޒިދާންއަށް ލިބުނު ނަމަވެސް އެއްވެސް ހުށަހެޅުމެއް ގަބޫލެއް ނުކުރެއެވެ.
އަލުން އެނބުރި ކޯޗިންގެ ތެރެއަށް އަންނަން ޝައުގުވެރިކަން ޒިދާން ހާމަ ކުރިނަމަވެސް ސީދާ ވަކި ކްލަބެއްގެ އޮފާއެއް މި ވަގުތަކު އޭނާއަކަށް ނެތެވެ. އެހެންނަމަވެސް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާ ގަތް އިނގިރޭސި މަހުޖަނު، ޖިމް ރެޓްކްލިފްގެ ކުންފުނި، އިނިއޯސް އިން އަންނަނީ ޒިދާންއާ މަޝްވަރާ ކުރަން ތައްޔާރުވަމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް