ads
މޯލްޑިވިއަން ގެ ސީޕްލޭން - ފޮޓޯ: ޕީއެސްއެމް
އީދާ ދިމާކޮށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ.ފުޅަދުއަށް
އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އީދާއި ދިމާކޮށް ޝެޑިއުލް ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ތައްޔާރުވެއްޖެ އެވެ.
Advertisement

މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މި މަހުގެ 31 ގައި ފަށާ ދަތުރުތައް ކުރާނީ ބ. ފުޅަދުއަށް ކަމަށެވެ. އެއާ އެކު އެ ރަށާ ކައިރީ އޮންނަ ފެހެންދު އާއި ގޮއިދޫ ރައްޔިތުންނަށް ވެސް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ ކަމަށް އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންގެ ސީޕްލޭން ޓިކެޓެއްގެ އަގަކީ ކޮޅަކަށް 1099ރ. އެވެ. މިއީ އީދާ ދިމާކޮށް ކުރަން ރާވާފައިވާ ދަތުރު ތަކެކެވެ. ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް ބައެއް ސަރަހައްދުތަކަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރު ކުރެ އެވެ.

މޯލްޑިވިއަނުން މައުލޫމާތު ދިންގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ، މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓުކަމަށެވެ. އަދި ސީޕްލޭންގައި ދަތުރުކޮށްލުމަކީ ރާއްޖޭގެ ރީތިކަން މަތިން ބަލާލަން ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް އެކުންފުނިން ދެކެއެވެ.

ފުޅަދޫއަކީ ދިވެހިންގެ މެދުގައި އާއި ފަތުރުވެެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު މަންޒިލެކެވެެ. މިރަށުގައި މިހާރުވެސް ނުވަ ގެސްޓް ހައުސް ހިންގަމުން ދެެއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ދެ ޑައިވިންގ ސްކޫލާއި ހަ ރެސްޓޯރެންޓްވެސް ހިންގަމުން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް