ads
ބަނގުލަދޭޝްގައި 8 އަހަރު ކުއްޖެއް ރޭޕްކޮށް މަރައިލުމާއި ގުޅިގެން މުޒާހަރާ ކުރަނީ
ބަންގްލަދޭޝްގައި 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މެރުމާ ގުޅިގެން ގައުމު ހަލަބޮލިވެއް
ބަންގްލަދޭޝްގެ މަގޫރާ ސަރަހައްދުގައި 8 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާ ލިބުނު އަނިޔާގެ ސަބަބުން މަރުވެއްޖެއެވެ.
Advertisement

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މި މާރިޗު 5 ވަނަ ދުވަހާއި 6 ވަނަ ދުވަހާއި ދެމެދުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ކުއްޖާގެ މަރާ ގުޅިގެން އޭނާ ބޮޑުދައިތަގެ ގޭގައި ދިރިއުޅޭ 18 އަހަރުގެ ބޮޑުބޭބެއާއި، އެ ކުއްޖާގެ މައިންބަފައިން އަދި އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. 

މި ދަރިފުޅު މަރުވެފައިވަނީ މާރިޗު 13 ގައި ޑާކާގެ ކޮމްބައިންޑް މިލިޓަރީ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ. އެ ކުއްޖާގެ މަރާ ގުޅިގެން ރުޅިއައިސްފައިވާ ބަޔަކު، އެ ކުއްޖާއަށް ރޭޕްކުރިކަމަށް ބެލެވޭ ގެ ރޯކޮށްލާފައިވެއެވެ. އަދި މަގޫރާގެ އެކި ސަރަހައްދުތަކުގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މުޒާހަރާތައް ކުރިއަށް ގެންދެވިފައިވެއެވެ.

ހާދިސާއާ ގުޅިގެން މީހުން އެ ކުއްޖާގެ ޖަނާޒާގައި ބައިވެރިވުމަށް ޕަބްލިކް ސްކުއެއަރގައި ޖަމާވެ، ހަރުކަށި އަދަބުތައް ކުށްވެރިންނަށް ދިނުމަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން ޑާކާ ޔުނިވަރސިޓީގައިވެސް މުޒާހަރާތައް ބޭއްވިފައިވެއެވެ. މި މުޒާހަރާތަކުގައި އަންހެން ދަރިވަރުން އިސްވެ، ޣައިރު ޖަނާޒާއެއްވެސް ބޭއްވުމަށްފަހު މުޒާހަރާއަށް މަގުމައްޗަށް ނިކުމެފައިވެއެވެ.

ބަންގްލަދޭޝްގެ ޤާނޫނީ އަދި އާބިޓްރޭޝަން ސެންޓަރުން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 3,438 ކުޑަކުދިންނަށް ރޭޕްކުރުމުގެ މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ހަގީގަތުގައި މިއަށްވުރެ މާ ގިނަ މައްސަލަތައް ރިޕޯޓު ނުކުރެވި ހުރެދާނެކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން މާރިޗު 13 ގައި ޑާކާގެ މުހިންމު ސަރަހައްދުތަކުގައި މުޒާހަރާކުރުން ވަގުތީގޮތުން މަނާކުރި ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުން ރޭޕް ވިކްޓިމުންނަށް އަވަސް އިންސާފު ހޯދައިދިނުމަށާއި، އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާ މުޒާހަރާ ކުރިއަށް ގެންދިޔައެވެ. ޤާނޫނުގައިވާ ގޮތުން، 2020 ވަނަ އަހަރު ގެނެވުނު ބަދަލާ އެއްގޮތަށް، ބަންގްލަދޭޝްގައި ކުޑަކުދިންނަށް ރޭޕްކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައެޅިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް