ޑރ. ޖަމީލްއަކީ، ކުރިން ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ތަޖުރިބާކާރު ގާނޫނީ ވަކީލް، ސޯޝަލް މީޑިއާގައި، ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި މި ފަހުން ގާނޫނީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީން ހުށަހެޅުއްވި ކެންޑީޑޭސީ ބަލައި ނުގަތް މައްސަލަވެސް ފާހަގަ ކުރެއްވި އެވެ ،
ޑރ. ޖަމީލް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ކޯޓްގެ ކުރީމަތީ އިޝޫއެއް ނެތްކަމަށް ބުނުމަށްފަހު ބޮޑު ޙުކުމެއް ކުރުމާއި ދައުވާ ރައްދުވާ ފަރާތެއް ނެތި މައްސަލަ ނިންމިކަން ފާހަގަ ކުރެއްވި އެވެ.
ދައުވާ ރައްދުވާ ފަރާތެއް ނެތި ނިންމި މައްސަލައަކީ މި ފަހުން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ބަންޑާރަ ނާއިބު ހުށަހެޅި މައްސަލަ އެވެ.