ވައިޓް ހައުސްގެ ފިޒީޝަން މިހެން ބުނެފައިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުކުތުމުގެ ކުރިން އިންތިހާބުގައި ވާދަކުރުމަށް ބައިޑަން ސިއްހީ ގޮތުން ރަނގަޅުތޯ ބެލުމަށް ޑޮކްޓަރުން ކުރި ސިއްހީ ތަހްލީލުތަކަށް ފަހުއެވެ.
މިދިޔަ އަހަރު ފެބްރުއަރީގައި ބައިޑެން މެޑިކަލް ފުރިހަމަ ކުރައްވާފައި ވާއިރު، މިފަހަރުގެ ނަތީޖާ ކުރީގެ ނަތީޖާއާ އަޅާ ބަލާއިރު ތަފާތެއް ނެތް ކަމަށްވެސް ޑރ.ކެވިން ވިދާޅުވި އެވެ.
ރައީސް ބައިޑަން
އަންނަ ނޮވެމްބަރު މަހު 5 ވަނަ ދުވަހު އޮންނަ އެމެރިކާގެ އިންތިހާބުގައި ބައިޑަންއާއި ވާދަކުރައްވާނެ ކަމަށް ބެލެވެނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކަމަށް ބެލެވެ އެވެ. ޓްރަމްޕުގެ އުމުރުފުޅަކީ 77 އަހަރެވެ. ބައިޑަން މުސްކުޅި ވެއްޖެ ކަމަށް ވިދާޅުވެ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ޓްރަމްޕު އަބަދުވެސް ފާޑުވިދާޅުވެ އެވެ.