ads
އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ އުފުލުމަށް އެއާއެމްބިއުލާންސް ކުޅުދުއްފުށީ އެއާޕޯޓުގައި - ފޮޓޯ:ރީޖަނަލް އެއާޕޯޓްސް
އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ހދ. ކުޅުދުއްފުއްޓަށް ކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ފެށި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ހދ. ކުޅުދުއްފުއްޓަށް ކޮށްފި އެވެ.
Advertisement

އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ އިއްޔެ ހަވީރު 4:00 ޖެހިއިރެވެ. އެ ހިދުމަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްގެ ތެރެއިން ހެލްތު މިނިސްޓަރީ އާއި އައިލެންޑު އޭވިއޭޝަން ގުޅިގެންނެވެ.

އެއާ އެމްބިއުލާންސްގައި އުފުލި ފުރަތަމަ ބަލި މީހާ ގެނައީ ހދ. ކުޅުދުއްފުށިން މާލެއަށެވެ. ބަލިމީހާ ގޮވައިގެން އެއާ އެމްބިއުލާންސް އައިސްފައިވަނީ ރޭ ފަތިހު 3:40 ހާއިރު އެވެ.

މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.

your imageއެއާ އެމްބިއުލާންސަށް ބޭނުންކުރާ ބޯޑު

އެއާ އެންބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާ އެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުންޏެވެ.

އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އަދި އެ މަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ވެސް މެ އެވެ.

your imageއެއާ އެމްބިއުލާންސްގައި އުފުލާ ފުރަތަމަ ބަލިމީހާ ބޯޓަށް އެރުވުމަށް ތައްޔާރުވަނީ - ފޮޓޯ:ރީޖަނަލް އެއާޕޯޓްސް

ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.

ސަރުކާރުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މީގެ ކުރިން ބަލި މީހުން އުފުލަމުން އައި އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.

އެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ ވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވައުދާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވައިލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް