ސްޓެލްކޯއިން ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރަމުން އަންނާތީ މިއަދު މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަަމަށެވެ.
މި ހިސާބުތަކުންގެ ތެރޭގައި ހެންވޭރުގެ އަބަދަށްއުފާމަގު، ދޭލިޔާ ހިނގުން، ސޯސަންމަގު، ޖަނަވަރީމަގު އަދި ތުއްރަވަސް ގޯޅި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަދު ހެނދުނު 10:30 އިން 12:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިކަމުގެ ސަބަބުން އާންމުންނައް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.