ads
ފޮޓޯ--އިންޑިއާ ނޭވީ ސިފައިންގެ ހެލިކަޕްޓަރު ބޭނުން ކުރަނީ
ހެލިކޮޕްޓަރު ހިދުމަތަށް ގާނޫނީ ލަފާދާރުން ހޯދަނީ
އިމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފެށުމަށްޓަކައި ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓު އަދި ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިކަމަށް ބޭނުން ވަނީ ކަމުގެ ތަޖުރިބާހުރި ގާބިލު ފަރާތެއް ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ލީގަލް ކޮންސަލްޓަންކު ހޮވުމުގައި މައިގަނޑި ދެ ކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން ތަޖުރިބާ އާއި ގާބިލު ކަމަށް 75 ޕަސެންޓް އަދި ކޮންސަލްޓަންޓަކު ހޮވުމުގައި ހުށަހަޅާ އަގަށް 25 ޕަސެންޓް މާކްސް ދޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި ބުނީ ހަ މަސްދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާނެ މި މަސައްކަތުގެ ދަށުން މަޝްރޫއުގެ ރިސްކުތަކާއި އިމްޕެކްޓުތައް ދެނެގަންނަން ޖެހޭނެ ކަމަށެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރަމުން ގޮސްފައިވަނީ އިންޑިއާގެ ސިފައިންނެވެ. އެ ދެ ހެލިކޮޕްޓަރު މިހާރުވެސް ރާއްޖެގައި އެބައޮތެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓާއި ޑޯނިއާ މަތިންދާބޯޓް ކަންކަމަށް ތިބޭ އިންޑިއާ ސިފައިން ފޮނުވައިލަން ނިންމައިފަ އެވެ.

އެގޮތުން އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ވަނީ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް މަދަނީންތަކެއް ގެނެސްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް