މިއަދު ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިކަން ކޮށްފައި ވަނީ މި އަހަރުގެ ޕީކް ސީޒަނާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި ކ. ގުޅީގައި މިކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.
ގުޅީ އިންޖީނުގޭގެ އިންޖީނުރޫމަށް ބައެއް އިތުރުކޮށް އިތުރު ޖަނަރޭޓަރު ސެޓެއް މިވަނީ ބެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ލޯޑަށް ދެވިފައިވާއިރު، ގުޅީގެ ޕަވާ ޖެނެރޭޝަން ކެޕޭސިޓީ މިހާރު މިވަނީ 1008 ކިލޯވޮޓް އިން 1184 ކިލޯވޮޓަށް އިތުރު ކުރެވިފައިކަމަށް އެ ކުންފުނިން ބުނެ އެވެ.