އަލިފާން ރޯވެ އަނދަމުން ދަނީ އިބްރާހިމް މިސްކިތް ކުރިމަތީ ހުރި ތަނެއްގައެވެ. މަންޒަރުތައް ފެންނަ ގޮތުން ވަރަށް ބޮށަށް އެ ސަރަހައްދުގައި އޮތީ ދުން ބޯވެފައެވެ.
އެމްއެންޑީއެފް އިން ބުނީ، މަޖީދީ މަގު ފަސޭހަ ޕޮއިންޓް ހޮޓާ ކައިރީގައި ހުރި އިމާރާތެއްގެ ފުރަތަމަ ފަންގިިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 6:06 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް އަދި މައުލޫމާތު ލިބިފައެއް ނުވެެއެވެ.