ads
މަޖީދީ މަގު އިބްރާހިމް މިސްކިތް ކައިރީ ހުރި ގެއެއްގައި މިއަދު އަލިފާން ރޯވެފައި - ވަގުތު އިމޭޖްސް
އަލިފާން ގަނޑު ސިފައިން ނިއްވާލައިފި؛ ތިން މީހަކަށް އަނިޔާވި
މަޖީދީމަގު އިބްރާހިމް މިސްކިތް ކައިރި ހުރި އިމާރާތެއްގެ މަތީގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި އެވެ.

އަލިފާން ރޯވެފައި ވަނީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގަ އެވެ.

ހަވީރު ހިނގި ހާދިސާއާ ގުޅޭގޮތުން ސިފައިން ދެންމެ ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުން ކަމަށެވެ. 

އެމްއެމްޑީއެފުން ބުނީ މި ހާދިސާގައި ބިދޭސީއެއްގެ ފައި ފިހި، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށެވެ.

"މި ހާދިސާގައި ބިދޭސީއެއްގެ ފައި ފިހި، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި ފަރުވާދެމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ސިފައިން އިން ބުންޏެވެ.

އެ ގޭގައި ރޯވި އަލިފާންގަނޑު 6:23 އެެހާކަށް ހާއިރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިފައިން ބުންޏެވެ. ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް، ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް