ads
ވީއައިއޭގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިންމާ ހިދުމަތް ދޭން ވަނީ ފަށާފައި - ފޮޓޯ:އެމްއޭސީއެލް
ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 5000ރ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ މުސްލިމް ކޮންމެ މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތާއި، ރޯދަ ހަދިޔާ ހިމެނޭގޮތަށް ފަސްހާސް ރުފިޔާ ދޭން ނިންމައިިފި އެވެ.

އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ފައިސާ މާދަމާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އަދި އެކުންފުނިން ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން އެކަމަށް ބަލާފައި ރަަމަޟާން މަހާއި ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2000ރ. ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމް މުވައްޒަފެއްގެ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް ސާކިއުލާގައިވެ އެވެ.

މީގެއިތުރުން ބައެއް އެހެން ހަދިޔާތައް ދިނުމަށް ވެސް އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން ކޮންމެ މުވައްޒަފަކަށް މަސް ދަޅު ކޭހެއް ދޭއިރު، 650ރ. ގެ އަގުހުރި ގިފްޓް ޕެކެއް ވެސް ދިނުމަށް އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ. 

އަދި ރޯދަ މަހު ވަޒީފާ އަށް ކޮންމެ މުވައްޒަފަކަށް ދުވަހުގެ މުސާރައިގެ ގޮތުގައި 200ރ. ދިނުމަށް ވެސް އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ.

އެމްއޭސީއެލްއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނަ ތަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް