ads
ނޫނޭޒް
ފަހު ވަގުތުކޮޅު ޖެހި ލަނޑުން ލިވަޕޫލް މޮޅުވެއްޖެ
ފަހު މިނިޓުގައި ޖެހި ލަނޑާއެކު ލިވަޕޫލް މޮޅުވެ، ލީގުގެ އެއްވަނައިގަ ލީޑު ފުޅާކޮށްފިއެވެ.

މެޗުގެ 99 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ބޮލުން ކާމިޔާބުކޮށްދިން ލަނޑާއެކު ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް އަތުން މިރޭ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

މުޅި މެޗުގައި ފޮރެސްޓުން ވަރުގަދަ އަށް ކުޅެ، މޮޅުވުމުގެ ފުރުސަތުތައް ލިބުނު ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނޫނޭޒް 99 ވަނަ މިނިޓުގައި ޖެހި ލަނޑާއެކު މެޗު ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގަ އޮތީ 27 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް