ads
ރައީސް އޮފީސް
ޓެކްސް އެޕީލް ޓްރެބިުނަލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުުރުސަތު ބާތިލްކޮށްފި
ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ބާތިލުކޮށްފިއެވެ.

ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނުގައި ބުނީ  މި މަހުގެ 17 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާން ބާތިލް ކުރީ  މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރު ބަންދުކުރުމުންކަމަށެވެ. އަދި އަޅާފައިވާ ހާއްސަ ހާލަތުގެ ފިޔަވަޅު ނިމުމަކަށް  ނުގެންނާތީކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެމްބަރެއްގެ މަގާމަށް ކުރިމަތިލުމުގެ  ފުރުސަތު ބާތިލްކޮށްފައިވާއިރު މީގެ ކުރިން އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ސަރުކާރުން ވަނީ އިތުކޮށްފައެވެ. އެ އިއުލާނުގައި ވާގޮތުން ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 2 ވާ ބުރާސަފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. އަދި ޓްރެބިއުނަލް މަގާމަށް އެންމެ ފުރަތަމަ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް