ads
ގިޔާސުއްދީން ސްކޫލް
ފޯމުގައި ޓްރާންސްޖެންޑާ ޖެހިފައި އޮތީ އޮޅުމަކުން: ގިޔާސުއްދީން ސްކޫލް
އަލަށް ސްކޫލަށް ވަންނަން ބޭނުންވާ ކުދިން ހުށަހަޅަންޖެހޭ އެޑްމިޝަން ފޯމުގައި ޓްރާންސްޖެންޑާ އޮޕްޝަނަކަށް އޮތީ އޮޅުމަކުން ކަމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ބުނެފި އެވެ.

މި އަހަރު އެ ސްކޫލަށް ގްރޭޑް އެކަކަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭބައިގައި ޓްރާންސްޖެންޑާއަކީ އޮޕްޝަނެއްގެ ގޮތުގައި ހިމަނާވައިވާ ކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސް އެ ސްކޫލަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މި މައްސަލައާއި ގުޅިގެން އެ ސްކޫލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޑްމިޝަން ފޯމުގައި ޖިންސު ޖަހަން ޖެހޭ ބައިގައި ޓްރާންސްޖެންޑާ އޮޕްޝަނެއްގެ ގޮތުގައި އޮތީ އިންޑިއާ އާއި އެހެން ގައުމުތަކުގައި ހިންގާ ސްކޫލްތަކުގެ އެދުމުގެ މަތިން އީއާރުޕީ ނިޒާމަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ. އަދި އެ ބަދަލު ޣިޔާސުއްދީން ސްކޫލްގެ ފޯމަށް ވެސް ގެނެސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ސްކޫލުން ފޯމު ނެރުނު އިރުގައި ރަނގަޅަށް ބެލިފައި ނެތުމުގެ ސަބަބުން އެ އޮޕްޝަން ހިމެނިފައިވާ ކަަމަށް ވެސް ބުނެފައިވެއެވެ. އަދި އެކަން އެނގުމާއިއެކު ވަގުތުން ފޯމު ހުށަހެޅުން ބަންދުކޮށް، ފޯމުތައް ހަދާ ފަރާތްތަކާއި ވާހަކަދައްކައި އެކަން ރަނގަޅުކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެން ރާއްޖޭގައި މަސައްކަތްކުރާތާ 14 އަހަރުވެފައިވާއިރު އަބަދުވެސް ވާނީ މި ގައުމުގެ އުސޫލް ތަކާއި ގަވައިދުތަކަށް ފުރިހަމައަށް ކަމޭ ހިތާފައި." ގިޔާސުއްދީން ސްކޫލުން ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ޣިޔާސުއްދީން ސްކޫލުން ވަނީ އެއީ އޮޅުމަކުން ވީ ކަމެއް ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް