ފުލުހުން ބުނީ ނައްތާލީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސެވެ. މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.
މިއަދު ފުލުހުން ނައްތާލި ޑްރަގްސް
ނައްތާލި ޑްރަގްސްގެ ބާވައްތައް
ފުލުހުން މިއަދު ނައްތާލި ޑްރަގްސް
މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ހަރަކާތުގައި ދާހިލީ ވަޒީރު އަލީ އިހްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވިއެވެ. އަދި ބައެއް ނޫސްވެރިންނާއި މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓު ކުރުުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓު ކުރި އާންމު ރައްޔިތުން ވެސް ބައިވެރިވިކަމަށް ފުލުހުން ބުނެއެވެ.