ads
ރައީސް ޑރ . މުހައްމަދު މުއިއްޒު
ރޯދައިގެ ކުރިން ހުރިހާ މަސްވެރިންނަށް ފައިސާދެވޭތޯ މިބަލަނީ: ރައީސް
ރޯދައިގެ ކުރިން ހުރިހާ މަސްވެރިންނަށް ފައިސާ ދެވޭތޯ މަސައްކަތް ކުރަމުން އަންނަކމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ދުވާފަރު ރައްޔިތުންނާ ބައްދަލަުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާ ސަރުކާރުގެ އެހެން ކުންފުންޏަކާއި ގުޅިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު މިހާތަނަށް މަސްވެރިންނަށް 600 މިލިއަނެއްހާ ރުފިޔާ ދީފައިވާނެކަމަށެވެ. އަދި ސަރުކާރު ހަވާލުވިިއިރު މަސްވެރިންނަށް ނުދީ އޮތް 230 މިލިއަން މި ސަރުކާރުން ދީ އޭގެ އިތުރުންވެސް މިިހާތަނަށް 400 މިލިއަން ދީފައިވާނޭކަމަށެވެ. އަދި ނުދެވި ހުރި ފައިސާ ދިނުމަށް ވުޒާރާ އާ ސަރުކާރުގެ ބޮޑު ކުންފުންޏަކާއި ގުޅިގެން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

" ރޯދަމަސް އަންނަންވާއިރަށް މި ބަލަނީ ކޮންމެވެސް ފައިނޭންސް މެކޭނިޒަމެއް ހަމަޖައްސަން. އެ މަސައްކަތް އެބަކުރަން މިހާރު. ފިޝަރީޒް މިނިސްޓްރީއާ ސަރުކާރުގެ ބޮޑު ކުންފުންޏެއް އެކީގައި މަސައްކަތްކޮށްގެން، ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު މިބަލަނީ ފައިސާ ހަމަޖައްސަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ހޯދުމަށް ކުރާކަން ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އެކަން ހަމަޖެހުމުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ރޯދައިގެ ކުރިން ދެވޭނެކަމަށެވެ. 

" ދެން އެ ހިސާބުން ދެން ބަލާނީ އަޅުގަނޑު ވައުދު ވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން. އެހިސާބަށް ނުދެވިގެން މިއުޅެނީ. ބެކް ލޮގްގައި މުޅިން މި އުޅެން ޖެހެނީ. އަޅުގަނޑު މީ ވައުދުވެފައި ވަައުދު އޮޅުވާލާ ދޮގު ހަދާނެ މީހެއް ނޫން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހާއި ހަމައަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާނެކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މި އަދަދަކީ ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން ދޫކޮށްފައިވާ ފައިސާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް