ads
ދުވާފަރު ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ
އިންތިހާބު އާދިއްތަ ހެދީ އަޅުގަނޑު އެދިގެނެއްނޫން، އެދުވަސް ބަންދުވާނެ: ރައީސް
ރައްޔިތުން މަޖލީހުގެ އިންތިހާބު އޭޕްރިލް 21 ވާ އާދިއްތަ ދުވަހު ބާއްވަން ނިންމީ އެމަނިކުފާނު އެދިވަޑައިގެން ނޫންކަމަށް ރައީސް.ޑރ މުހައްމަދު މުއިއްޒު ވިދަޅުވެއްޖެއެވެ.

އިންތިހާބު ފާސްކުރަން ރައްޔިތުން މަޖލީހުން ފާސްކުރި ގާނުނު ރައީސް ތަސްދީދު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު އޭޕްރިލްމަހުގެ 21 ގައި ބާއްވަން ނިންމާފައެވެ. އަދި އެދުވަހަކީ އާދިއްތަ ދުވަހަކަސްވާތީ އެދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާދިނުމަށް ސަރުކާގައި އެދިފައިވާނޭކަމަށް އީސީން މިއަދު ވަނީ ބުނެފައެވެ. 

ރ. ދުވާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވަން ނިންމީ އެމަނިކުފާނު އެދިވަޑައިގެން ނޫންކަމަށެވެ. ރައީސް ވިދާޅުވީ އިންތިހާބު ބާއްވަން އޭޕްރިލް 21 ކަނޑައެޅިކަން އެމަނިކުފާނަށްވެސް އެންގުނީ ނޫހުން ކަމަށެވެ. 

" އަޅުގަނޑުވެސް ހިތައް އެރި ކީއްވެބާއޭ އާދިއްތަ ދުވަހަކަށް މި ހެދީ. ދުވަހަކުވެސް ރާއްޖޭގައި ހެދިގޮތެއް ނޫން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ އާދިއްތައަށް އިންތިހާބު ހެދުމުން އީސީއާ ގުޅާ އެކަން އެގޮތަށް ނިންމި ސަބަބު ސާފުކުރެއްވިކަމެވެ. 

" އެބޭފުޅުން ވިދާޅުވަނީ ރައްޔިތުން މަޖިލީހުން ގާނޫނު ފާސްކުރި ގޮތުން ތިމަންނާމެނަަށް ބޭއްވެން އޮތް ދުވަހަކީ އެއީ އޭ. ހޮނިހިރަށް ހެދޭކަށް ނެތޭ. ރޯދަ ނިމި 10 ދުވަސް ހަމަވުމުން ބޭއްވެން އަންނަނީ، ހޮނިހިރުގައި ބާއްވައިފިނަމަ ވާނީ 9 ދުވަސް." އީސީން ބުނިކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން އެގޮތަށް ނިންމުމުން އެ ދުވަސް ބަންދުކުރާނެކަން އަންގާފައިވާނެކަމަށްވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް