ads
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން - ފޮޓޯ: އުރީދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

އުރީދޫގެ މި ޕްރޮމޯޝަންގެ ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް ވަނީ މިއަދު އިނާމު ހަވާލުކޮށްފަ އެވެ. ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް ލިބުނީ 203 ލީޓަރުގެ ރެފްރިޖެރޭޓަރެކެވެ. އަދި ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބުނު އިރު، ތިން ވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ވަނީ ސޯފާއެއް ހަދިޔާކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުރިއަށް ގެންދާ ދުވަސްތަކުގައި ހުޅުމާލެ ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓުން ހިދުމަތް ހޯދައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫން ކުރިއަށްގެންދެ އެވެ.

މި ޕްރޮމޯޝަންގައި އުރީދޫގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތުގެ އިތުރުން 5ޖީ ޑިވައިސްއެއް ނަގައިގެން މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި ކަސްޓްމަރުންނަށް އެހީތެރިވުމަށް އުރީދޫގެ ޓީމުން ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް