ads
އާރުޑީސީ ބޭރުގައި ފުލުހުން
އާރްޑީސީގެ މައްސަލައެއް ބަލަން ފުލުހުންނާއި އޭސީސީ ތައްޔާރުވެއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޮޑު ކޮރަޕްޝަނެއްގެ މައްސަލައެއް އޭސީސީއާ ގުޅިގެން ފުލުހުން ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ އާރްޑީސީގެ ފައިސާ އިން 11 މިލިއަން ރުފިޔާ އެކި ފަރާތްތަކުގެ އެކައުޓަށް ފޮނުވިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނައް ހުށަހެޅިފައިވަނީ 2022 ވަނަ އަހަރުގެ ސެޕެޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި މި މައްސަލައިގައި ސަރުކާރުގެ މުވައްޒިފުންވެސް ބައިވެރިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ފުލުހުން ބުނީ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަންނާއި ގުޅިގެން ޖޮއިންޓް ތަހުގީގެއް ކުރަން ފަށާފައިވާ ކަމަށާއި ދެ އިދާރާއިން ވަނީ މިކަމާއި ގުޅިގެން އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވާކަމަށެވެ.

އާރްޑީސީގެ މުވައްޒިފުންގެ އެކައުންޓުތަކަށް އެ ކުންފުނީގެ ފައިސާ ވަދެފައި ވާކަމަށާއި އެއީ ސައްހަ ގޮތުގައި ފޮނުވާފައި ހުރި ފައިސާތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަަމަށެވެ. 

"މި ކޭސްގައި 216 ޓްރާންސެކްޝަން ހެދިފައިވޭ. މިކަމުގެ ތެރޭގައި 14 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިމެނޭ" ފުލުހުން ބުނި އެވެ

މިހާރު ކޮންމެ ޓްރާންސެކްޝަންތަކާއި ބެހޭ ގޮތުން އެ އެކައުންޓުތަކުގެ ވެރިންނާއި ވަކި ވަކިން ސުވާލު ކުރާކަމަށް ފުލުހުން ބުނެ އެވެ.

މި ފައިސާ އޭރު ސަރުކާރުގެ އިސްވެރިން އަދި އެކި އެކި ކުންފުނިތަކުގެ ވެރިންނަށް ފޮނުވިފައި ވާކަމަށާއި 11 މިލިއަން ރުފިޔާ އެއް ފަރާތެއްގެ އެކައުންޓަށް ވަދުފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ވަކި މީހެއް ނުވަތަ ކުންފުންޔެއްގެ ނަމެއް މި ކޭސްގެ ގޮތުން އަދި ހާމަކުރެވެން ނެތް ކަމަށާއި 392 ލައްކަ ރުފިޔާ އެކި އެކި ކުންފުނިތަކަށް ފޮނުވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން 160 ހާސް ރުފިޔާ ކުންފުންޔާ ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ އެކައުންޓައް ފޮނުވާ ލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 3 ތަނެއް ބަލާ ފާސް ކުރިކަމަށާއި އެ ތަންތަނުން ބޭނުންވާ އެތަށް ބައިވަރު ޑޮކިއުމަންޓުތަކެއް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި މައްސަލަގައި މައިގަނޑު ހިމެނެނީ 3 ފަރާތެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުންވެސް މި މައްސަލަގައި އާރްޑީސީގެ 10-15 ވަރަކަށް ސްޓާފުން ހިމެނޭ ކަމަށް ފުލުހުން ބުނި އެވެ 

މިކަމާއި ގުޅިގެން އޭސީސީއިން ބުނީ މި މައްސަލަ އޭސީސީއިން ބަލަން ފެށީ އާރްޑީސީގެ ތެރޭގައި ކޮރަޕްޝަން ހިންގަމުން އަންނަ ކަމުގެ މައުލޫމާތުގެ ސަރުކާރުގެ އެހެން އިދާރާ އަކުން ރިޕޯޓް ކުރުމާއި ގުޅިގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް