ads
އެމްއެންޔޫ ފަހި ސުފުރާގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫގެ ފަހި ސުފުރާ މައުރަޒު ފަށައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" މިއަދު ފަށައިފި އެވެ.

ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއެކު ބާއްވާ މި މައުރަޒު ހުޅުވާދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މި މައުރަޒުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާާތްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. ހުނަވެރިންގެ ހުނަރު ދައްކާލުމަށާއި އެ ފުރުސަތު ލިބިފައިނުވާ ކުދިންނަށް ހާއްކޮށްގެން ބާއްވާ މި މައުރަޒުގައި ޖުމްލަ 13 ސްޓޯލު ހުޅުވާފައިވެ އެވެ. އެ ސްޓޯލުތަށް ގާއިމްކޮށްފައިވަނީ ދިވެހި ކެއުންތަކާއި ތަފާތު އަމިއްލަ އުފެއްދުންތައް ލިބޭނެހެންނެވެ.

އެމްއެންޔޫގެ މި މައުރަޒުގެ މައިގަނޑު މަގްސަދަކީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފައްދަ ހުނަރުވެރިންގެ ހުނަރު އާންމުންނަށް ދައްކައިލެވޭނޭ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. އޭގެއިތުރުން މި މައުރަޒުން ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފއްދުންތެރިންނަށް އެފުރުސަތު ފަހިވެފައިވާ މާހައުލެއް ތަނަވަސްވާނެ އެވެ.

ފަހި ސުފުރާ ކުރިއަށްދާނީ މިއަދާއި މާދަމާ އެމްއެންޔޫގެ އިދާރީ މަރުކަޒުގަ އެވެ. މި މައުރަޒު ކުރިއަށްދާނީ މެންދުރު 14:00 އިން ހަވީރު 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އެމްއެންޔޫއަކީ މިފަދަ ތަފާތު ހަރަކާތްތައް އަހަރުގެ އެކި ދުވަސްވަރުގައި ބާއްވަމުންދާ ޔުނިވާސިޓީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް