ads
ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވުން
ހުޅުމާލެ ފޭސް 2 ގައި ސޮނީހާޑްވެއާގެ ފިހާރައެއް ހުޅުވައިފި
ސޮނީހާޑްވެއާގެ އާ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގައި ހުޅުވައިފި އެވެ.
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ތަކެތި ގަތުމަށް ހުޅުވި ދެ ފަންގިފިލާގެ މި ފިހާރައިން ގެއަށް ބޭނުންވާ ގިނަ ސާމާނުގެ ލިބެން ހުންނާނެ ކަމަށް ސޮނީ ހާޑްވެއާއިން ބުނެ އެވެ. އެގޮތުން ފާހާނާ އާއި ބަދިގޭގެ އިތުރުން ހާޑްވެއާ ސާމާނުވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ.

ވިނަރެސް ފްލެޓްގައި ހުޅުވި މި އާ ފިހާރަ ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު 1:30 އިން އިރުއޮއްސި 06:00 ޖަހަންދެން އެ ފިހާރަ ހުޅުވާނެ ކަމަށާއި، ރޭގަނޑު ހުޅުވާފައި ހުންނާނީ 08:00 އިން 10:00 އަށް ކަމަށް ސޮނީ ހާޑްވެއާއިން ބުނެ އެވެ.

ހުކުރު ދުވަހު ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން 10:30 އަށް އަދި މެންދުރު 02:00 އިން 06:00 އަށެވެ. އަދި ރޭގަނޑު 08:00 އިން 10:00 އަށް އެ ފިހާރަ ހުޅުވާފައި ހުންނާނެ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހުޅުވި ސޮނީ ހާޑްވެއާގެ ސުޕަވައިޒަރު އިއްމާން ވިދާޅުވީ އެ ފިހާރަ އަކީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ގިނަ ބައެއްގެ އެދުމުގެ މަތިން ހުޅުވި ތަނެއް ކަމަށެވެ. އަދި މި ތަނުގައި މާލެއިން ލިބެން ހުރި ގިނަ ޕްރޮޑަކްޓުތައް ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިއްކާ މަޝްހޫރު ކާޗާ, ޓެކްޓިކްސް, މޮނޮލިކްސް, ބޮޝް ފަދަ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް މި ފިހާރައިން ލިބޭނެ. އަދި މި ތަނުން މިހާރު ސޮނީ ހާޑްވެއާ ފިހާރަތަކުގައި ކުރިއަށް ދާ ރޯދަ ޕްރޮމޯޝަން މި ފިހާރައިގައި ވެސް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ފޭސް ދޭއްގައި ހުޅުވި ފިހާރައިގެ އިތުރުން ސޮނީ ހާޑްވެއާގެ ބޮޑު ފިހާރައެއް ހުޅުމާލެ ފޭސް އެކެއްގައި ވެސް ހުރެ އެވެ. އަދި ސޮނީގެ ގިނަ ފިހާރަތަކެއް މާލޭގައި ހުރެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް