ads
ޗައިނާ އެމްބަސީގެ ފަރާތުން ރާއްޖެއަށް ގްރީން އެމްބިއުލެސް ހަދިޔާ ކުރުން
ޗައިނާއިން ރާއްޖެއަށް 12 އެމްބިއުލާންސް ހަދިޔާކޮށްފި
ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ، 12 ގްރީން އެމްބިއުލާންސް ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

12 ގްރީން އެމްބިއުލާންސް ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ރޯޝަނީ ބިލްޑިންގގަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ އެވެ. 

your imageޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ، ގްރީން އެމްބިއުލާންސް

އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި، އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ހެލްތް މިނިސްޓްރީއާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރެއްވުންވެސް އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް