ads
ރަޢީސް ޑރ. މުހައްމަދު މުއިއްޒު ގަރާރުގައި ސޮއިކުރައްވަނީ
އޭދަފުއްޓަށް ވީ ވައުދު ރައީސް ފުއްދަވާ އެރަށަށް މާއްޑޫ ދީފި
މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ކަމުގައި ކަނޑައެޅުމުގެ ޤަރާރުގައި ރައީސުލްޖުމުހޫރިއްޔާ ސޮއިކުރައްވައިފިއެވެ.

އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތުމުން އެރަށަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސަވާނެކަން ރައީސް އިއުލާންކުރެއްވީ ރޭ އރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. 

އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒުގެ ވައުދެކެވެ. 

މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުން، މާއްޑޫގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރިއެވެ.

your imageބ. މާއްޑޫ އަކީ ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން

އޭދަފުއްޓަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހަދާނެކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި ކަމަށާއި އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް