ads
ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު އަދި ކެޓީ ޕެރީ
ކެނެޑާގެ ކުރީގެ ބޮޑު ވަޒީރާ ކޭޓީ ޕެރީ ޑޭޓްކުރާކަމުގެ އަޑުތައް
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި ކެނެޑާގެ ކުރީގެ ޕްރައިމް މިނިސްޓަރު ޖަސްޓިން ޓްރޫޑޯގެ މެދުގައި އާ ލޯބީގެ ގުޅުމެއް ފެށިފައިވާކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
Advertisement

ދެމީހުން އެކުގައި ޔޮޓެއްގައި ވަރަށް ގިނަ ވަގުތު ހޭދަކުރަމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް އާންމުވުމާ އެކު، ދެމީހުންގެ ގުޅުން ވަރަށް ބާރަށް ކުރިއަށްދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކަން ހިނގާފައި މިވަނީ ދެމީހުންވެސް އެމީހުންގެ ކުރީގެ ބައިވެރިންނާ ވަކިވެފައި ވަނިކޮށެވެ.

"ޑެއިލީ މެއިލް" އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކޭޓީގެ ޔޮޓްގައި ދެމީހުން ވަނީ ވަރަށް ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.  ކޭޓީ ޖަސްޓިންގެ ގައިގައި ބައްދާލައިގެން އޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ވަނީ ލީކުވެފައެވެ. އެއް ފޮޓޯއެއްގައި ދެމީހުން ބޮސްދޭ އިރު، އަނެއް ފޮޓޯއެއްގައި ޖަސްޓިން ވަނީ ގައިގައި ފަހަތުން އަތް ޖައްސާލައިގެން ހުންނަ މަންޒަރުވެސް ފެނެއެވެ. މި ފޮޓޯތަކުގެ ސަބަބުން ދެމީހުންގެ މެދުގައި ގުޅުމެއް އުފެދިފައިވާކަމަށް ބެލެވެއެވެ.

މިއީ މި ދެމީހުން އެކުގައި ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ގާތްގަނޑަކަށް ތިން މަސް ކުރިން މޮންޓްރިއަލްގައި ދެމީހުން އެކުގައި ކެއުމަކަށް ވެސް ގޮސްފައިވެއެވެ. އުމުރުން 40 އަހަރުގެ ކޭޓީ އާއި އޭނާގެ ކުރީގެ ލޯބިވެރިއާ އޯލަންޑޯ ބްލޫމް ވަނީ އެންގޭޖްމަންޓް ރޫޅާލާފައެވެ. އެދެމީހުންނަށް 5 އަހަރުގެ އަންހެން ދަރިއެއް ކަމަށްވާ ޑެއިޒީ ލިބިފައިވެއެވެ. އަދި އުމުރުން 53 އަހަރުގެ ޖަސްޓިން ވެސް ވަނީ އޭނާގެ އަނބިމީހާ ސޯފީ ގްރޭގޯއާ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ވަކިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް