ads
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު
ހުޅުމާލެއިން ނުހައްގުން ބިންދިން މީހުންގެ ނަންތައް ހާމަކުރާނަން: ފަޒުލް
މިދިޔަ ސަރުކާރުން ހުޅުމާލެއިން ފަންސާހަކަށް ބިން ނުހއްގުން ދީފައިވާކަމަށް ހުޅުމާލޭ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މޭނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. ހުޅުމާލެއިން ނުހައްގުން ބިންދިން ނަންތައް ހާމަކުރާނަން
Advertisement

ވެރިކަން ހިންގާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން ފަޒުލް ވިދާޅުވީ އޭނާ އެޗްޑީސީއާ ހަވާލުވުމަށްފަހު ދެވަނައަށް ކުރެއްވި މަސައްކަތަކީ ހުޅުމާލެއިން ދޫކުރި ބިންތަކަށް ވީ ގޮތެއް ބެލުންކަމަށެވެ.

ފަޒުލް ވިދާޅުވީ މިދިޔަ ސަރުކާރުން ހިނގި ބިންވެރިޔާ ސްކީމުގެ ދަށުން ވިޔަފާރީގެ އުސޫލުންނާއި ނުހައްގުން 50 ބިން ދޫކޮށްފައިވާކަމަށެވެ. 

ހުޅުމާލޭގެ 1، 2 އަދި ކީއްކުރަންތޯ ނުހިއްކާ އޮތް ތަންވެސް އެތަނުން ގާތްގަޑަކަށް 50 އަކަށް ބިން މި އޮތީ އެކި އެކި މީހުންނަށް ދީ ހަލާސްކޮށްލާފައި. ހަވާލުވިިއރު ވިޔަފާރީގެ އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި ގިނަ ބިންތަކެއް މިއަދުވެސް އެބަހުރި. " ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މި ވާހަކަތައް ތަކުރާރުކޮށް ދައްކަން ޖެހޭކަމަށާއި މިވާހަކަތައް މިރައްޔިންނާއި ހަމައަށް ނުގެނެސް ދެން ކުރިޔަށް ދެވެން ނެތްކަމަށެވެ. އަދި އެ ބިންތައް ދޫކުރީ ކޮންބަޔަކަންވެސް އާއްމުކުރާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. 

" މިވާހަކަ ނުދައްކާ، މިވާހަކަތައް ރައްޔިތުންނާއި ހަމަ ނުގެނެސް ދެން ކުރިޔަކަށް ދެވޭކަށް ނެތް، ކުރިޔަށް އޮތް ތާނގައި އެއީ ކޮން ފަރާތަކެއް ކަމަށްވަންޏާ އެ ފަރާތްތަކުގެ ނަންތައްވެސް އަޅުގަނޑުމެން ހާމަކުރާނަން." އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވިއެވެ.

your imageޕީޕީއެމް / ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން 

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބިންތައް ހުރި ސަރަހައްދު ބަލާލަން އިއްޔެ ދިޔަކަން ފާހަގަކުރައްވަމުން ފަޒުލް ވިދާޅުވީ އެ ޕްލޮޓްތައް ގޮސް އަރަނީ ޖެހިގެން ހުރި ވެލި ހިލަ ފަރުބަދަތަކަކަށް ކަމަށެވެ. ފަޒުލް ވިދާޅުވީ ބިންތައް ހަވާލުކުރެވެން އޮތީ އެ ވެލިފުނިތައް ހުސްކޮށްގެންކަމަށާއި އެކަން މި ސަރުކާރުން ކުރާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ރޭ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލްވަނީ އެޗްޑީސީގެ ބެލުމުގެ ދަށުން ހިންގާ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް ބުނާ ބުނުންތަަކަށްވެސް ރައްދުދީފައެވެ. ފަޒުލް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށާއި އެހެންނަމަވެސް ހާލަތު އޮތްގޮތުން މަސައްކަތް ރާވާފައިވާ ގޮތަށް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް