ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ - ފޮޓޯ: ސްޓެލްކޯ
ރައީސް ވިދާޅުވި ގޮތަށް ރަށްތަކުން ނަގާ 30 ރުފިޔާގެ ފީ ހުއްޓާލަނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓަޑް (ސްޓެލްކޯ) އިން ފެނުގެ ހިދުމަތްދޭ ރަށްތަކުން ނަގާ 30 ރުފިޔާގެ ފީ އަންނަ މަހުން ފެށިގެން ނުނަގާނޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އެކްސްގައި ކުރެއްވި އެކްސް އެއްގައި ފަހުމީ ވިދާޅުވީ ރައީސް ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސްޓެލްކޯއިން ވެސް ރައްޔިތުންނައް ލުއި ފަސޭހަ ކޮށްދޭން އެކި ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ހިދުމަތްތެރިއެއް ކަމަށާއި އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނައް ލާބަ އާއި މަންފާ ލިބޭނެ ފަދަ ގޮތަކަށް ކަންކަން ކުރުމަށް ކަމަށް ފަހުމީ ވިދާޅުވި އެވެ. 

"މިކަންކަމުން އެނގި ހާމަވެގެން މިދަނީ މި ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް ދަންނަ، އަދި އެ ރައްޔިތުންނާއި މެދު އިހުލާސްތެރި ސަރުކާރެއްކަން." ފަހުމީ ވިދާޅުވި އެވެ

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދި ޝަކުވާއަކަށް ވެގެންދިޔަ ކަރަންޓާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް އަމިއްލައަށް އިސްނަންގަވައިގެން ރައީސް ހައްލު ހޯއްދަވައިދެއްވިކަމީ އެމަނިކުފާނުގެ އޯގާތެރިކަމާއި، ރައްޔިތުންގެ ޝުއޫރަށް އިހްތިރާމް ކުރައްވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ. 

ފަހުމީ މިހެން ވިދާޅުވީ ރޯދަ މަހަކީ އާންމުކޮށް ވެސް ކަރަންޓް ބިލާއި ފެން ބިލު ބޮޑުވާ މަހެއް ކަމަށާއި މިއަހަރުގެ ރޯދަ މަހުން ފެށިގެން ދެން ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ވަނީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވާފައި އެވެ.

ސްޓެލްކޯ އިން ނުވަ ރަށަކަށް ފެނުގެ ހިދުމަތްދެ އެވެ. އެއީ އއ. އުކުޅަސް، އެ އަތޮޅު ތޮއްޑޫ، އދ. މަހިބަދޫ، ކ. ގުރައިދޫ، އއ. ރަސްދޫ، ކ. ގުޅި، އދ. ހަންޏާމީދޫ، އދ. މަންދޫ އަދި އއ. މަތިވެރި އެވެ. އެއިން ކޮންމެ ރަށެއްގެ ކޮންމެ ގޭބިސީއެއްގައި ބަހައްޓާފައި ހުންނަ ފެން މީޓަރުން ކޮންމެ މަހަކު 30 ރުފިޔާ ނަގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް