ރައީީސް ޑރ. މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުޅާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ލިޔެލާޖެހުމަކީ ރާއްޖޭގެ ގައުމިއްޔަތާއި ދިވެހިވަންތަކަމާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.
އެހެންކަމުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގަތް ފަދައިން، ނެތެމުންދާ މި ސިނާޔަތް ރައްކާތެރިކުރުމަށްޓަކައި ލިޔެލާޖެހުން ދަސްކޮށްދޭ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެކުރިން ވެސް އަތްތެރި މަސައްކަތާއި ފަންނުވެރިކަމުގެ ތަފާތު މައުރަޒުތައް ކާމިޔާބުކަމާއެކު ރާއްޖޭގައި ބާއްވާފައި ވާ ކަމަށެވެ. އަދި އެފަދަ މައުރަޒުތަކުގެ ސަބަބުން ތުޅާދޫއަށް ގިނަގުނަ ފައިދާތަކެއް ކޮށްފައިވާކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން އެ މަނިކުފާނުގެ ވިސްނުންފުޅު ހުރީ އެކަން އަލުން އިޔާދަ ކުރުމަށް ކަމަަށް ރައީީސް ވިދާޅުވި އެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތްތާގައި ވެސް ތުޅާދޫއަށް އެކަމުގެ ނަފާ ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީީސް ވަނީ ވިދާޅުވެފަ އެވެ.